23 ޖުލައި 2007
ބަރުލަމާނީ ނިޒާމަކަށް
ކެންޕޭން ކުރަމުން އަންނަ
ކަމަށް އެންމެ އަޑުގަދަކުރަނީ
އެމް.ޑީ.ޕީއެވެ. މި ޕާޓީއަކީ
ސިޔާސީ އިސްލާހް ދިވެހިންނަށް
ގެނެސްދިނުމުގެ ނަމުގައި
ޤައުމުގައި ހަމަނުޖެހުން
ހިންގައި ރައްޔިތުންނަށް
ވަރަށް ނުރަގަނޅު ޢަމަލުތަކެއް
ދަސްކޮށްދެމުން އަންނަ
ޕާޓީއެކެވެ. އެމް.ޑީ.ޕީގައި
އިސްވެ ހަރާކަތްތެރިވަނީވެސް
ޖުމުލަކޮށް މިދެންނެވި
ޒާތުގެ މީހުންނެވެ. މި
ބައިގަނޑުގެ ތެރެއަށް
ރާއްޖޭގެ ރައްޔިތުންނަށް
ހެޔޮ ގޮތްތަކެއް ހޯދައިދިނުމުގެ
ނަމުގައި ދާދިފަހުން
އުފެއްދި ޕީއޭ ( ޕީޕަލްސް
އެސޯސީ އޭޝަން) ވަދެގެން
ދިއުމަކީ ވަރަށް ހިތާމަ
ހުރި ކަމެކެވެ.
ކުރިން
ޑީއާރުޕީގެ މެންބަރުންގެ
ގޮތުގައި ހަރަކާތްތެރިވި
މެންބަރުން މިހާރު އަވަދިނެތި
ކެންޕޭން ކުރައްވަމުން
ގެންދަވަނީ ޑީއާރުޕީން
ތާއީދު ކުރައްވަމުން
ގެންދަވާ ރިޔާސީ ނިޒާމާއި
ދިމާ އިދިކޮޅަށެވެ. މި
ގުރޫޕުގައި ހިމެނިވަޑައިގަންނަވާ
އިސްމެންބަރުންނަކީ
ރާއްޖޭން ބަލައިފިނަމަ
މަހުޖަނުންނެވެ. ބޮޑެތި
ވިޔަފާރިކުންފުނި ތަކުގެ
ވެރިންނެވެ. އަދި މި ބޭފުޅުންގެ
ތެރެއިން ގިނަ ބޭފުޅުންނަށް
މަޖިލީހުގެ ގޮނޑި ލިބިވަޑައިގެންފައިވަނީ
" ފައިސާ" ގެ ބާރުގައެވެ.
މިފަދަ ބަޔެއްކު ބަރުލަމާނީ
ނިޒާމް ރަނގަޅު ކަމަށް
ވާހަކަދައްކައި އެ ނިޒާމް
ޕްރޮމޯޓް ކުރެއްވުމަށް
މިލިއަނުން ޚަރަދު ކުރަމުން
ދަނީ ފޮރުވިފައިވާ ވަރަށް
ބޮޑު ބޭނުމެއްގައެވެ.
އެއީ ބަރުލަމާނީ ނިޒާމުން
ފަސޭހަކަމާއި އެކު މިފަދަ
ކޮންމެ މެންބަރަކަށްވެސް
ޤައުމުގެ ބޮޑުވަޒީރަށް
( ބަރުލަމާނި ނިޒާމުގައި
ސަރުކާރު ހިންގުމުގެ
އެންމެ އިސްވެރިޔާ ) އަށް
ވެވިދާނެއެވެ.
މަޖިލީހުގެ
ދާއިރާތަކުގެ މެންބަރުންގެ
ތެރެއިން މެޖޯރިޓީ ލިބޭ
ޢަދަދަށް މެންބަރުން
ގަނެލުމުން މިކަމަކީ
ފަސޭހަ ކަމެކެވެ. އަދި
މިފަދަ ބަޔަކަށް ގިނަ
ދުވަހު ވެރިކަމުގައި
ތިބެވިދާނެއެވެ. އަދި
ފަސޭހަކަމާއި އެކު އެމީސް
މީހުންގެ ވިޔަފާރިތަށް
ފުޅާކުރުމަށް ވަރަށް
ހާމަ މަގެއް ތަނަވަސް
ވެގެން ދިޔައީއެވެ. އަދި
މިއިން ކޮންމެ މެންބަރަކީ
ވަޒީރަކަށްވެސް ވެވުނީއެވެ.
ރިޔާސީ ނިޒާމެއްގައި
މިފަދަ ބަޔަކަށް ޤައުމުގެ
ރައީސްއަކަށް އައުމަށް
މަގުފަހި ވުން ކުޑަވާނެއެވެ.
ރިޔާސީ ނިޒާމެއްގައި
އިންތިޙާބު ކުރެވޭ ރައީސް
އަކީ ރައްޔިތުންގެ ތެރެއިން
ވޯޓްލެވޭ ޢުމުރުފުރައިގެ
އެންމެންގެ މެދުގައި
ނެގޭ ސިއްރު ވޯޓަކުން
ހޮވޭނޭ މީހެކެވެ. އެފަދަ
ފުރުޞަތެއްގައި ރައްޔިތުން
ވޯޓުދޭނީ ޤާބިލް އަދި
ރައްޔިތުން ރުހޭ މީހަކަށެވެ.
އެފަދަ މީހަކީ ކޮންމެހެން
ފައިސާ ވެރިއަކަށް ވާކަށް
ނުޖެހެއެވެ. އަދި އެފަދަ
މީހަކީ ވިޔަފާރިތަކެއް
ކުރާމީހަކަށް ފުރިހަމަ
ރިޔާސީ ނިޒާމެއްގައި
ނުވާނެއެވެ. ރައްޔިތުންނަށް
ހެޔޮ ރަނގަޅުގޮތް ހެދުމަށް
އެފަދަ މީހަކު ފަސްއަހަރުގެ
ދެ ދައުރުގައި ވެރިކަމުގައި
ބެހެއްޓިދާނެއެވެ. ބަރުލަމާނީ
ނިޒާމުގައި ވަޒީރުންނަކީ
ޕާލަމެންޓުގެ މެންބަރުންނަށް
ވުމުން އަދި އެމީހުން
ޖަވާބުދާރީ ވަނީ ރައްޔިތުންގެ
މަޖިލީހަށް ކަމަށްވުމުން
އަމިއްލައަށް ލޯގަނޑު
ކައިރީގައި ހުރެ ކުރިމަތީގައި
ހުރި ސޫރައަށް ޖަވާބުދާރީ
ވުމާއި މިކަމާއި އެއްވެސް
ފަރަޤެއް ނުވެއެވެ.
އަދި
ދައުލަތް ހިންގުމުގެ
ތިންބާރު ގުޅިލާމެހިފައި
ވުމުން އުއްތަމަ ފަނޑިޔާރުވެސް
ޖެހޭނީ އޭނާއަށް ވަޒީފާދިން
މެޖޯރިޓީ މެންބަރުންގެ
ބަހަށް ތަބަޢަވާށެވެ.
މިފަދަ ކޮންމެ ކަމެއްގެ
ތެރެއަށް ފައިސާވެރި
މެންބަރުން ވަންނާނެއެވެ.
އަދި އެމީހުން ބޭނުން
ގޮތަކަށް ޤައުމު އަނބުރާލާނެއެވެ.
ޤާނޫން މަނާކަމެއްވެސް
އެއްބަސްވެގެން ތިބެ
މެޖޯރިޓީގެ ނަމުގައި
ކޮށްލުމަކީ ބަރުލަމާނީ
ނިޒާމުގައި ނުހަނު ފަސޭހަކަމެކެވެ.
ދިވެހި ރައްޔިތުންނޭވެ.
ތިޔަ ލޮބުވެތި ރައްޔިތުން
ނަށް ލިބިގެންވާ އެންމެ
ބާރުގަދަ ހަތިޔާރު ދޫކޮށްނުލައްވާށެވެ.
ޤައުމުގެ އެންމެ އިސްވެރިޔާ
ހޮވުމުގައި ތިޔަ ލޮބުވެތި
ރައްޔިތުންގެ ދައުރެއް
ހަމަ އެކަނި އޮންނާނީ
ރިޔާސީ ނިޒާމެއްގައެވެ.
ބަރުލަމާނުން އެކަން
ނިންމާނީ އެމީހުން އަމިއްލައަށް
ތިޔަބައިމީހުންނަށް
ދޮންކަޅު މިންވެސް ނާންގައެވެ.
އެމީހުން ކޮންމެ ފަސްއަހަރަކުން
ފައިސާކޮޅެއް ބަހައިގެން
ތިޔަ ޢިއްޒަތްތެރި ލޮބުވެތި
ރައްޔިތުންގެ މަޖިލީހުގެ
ގޮނޑިއަށް ހޮވޭނެ މަގުކޮށާނެއެވެ.